ހިޖުރީ ކަލަންޑަރުގެ މަސްތަކަށް ނަންކިޔުނު ސަބަބުތައް



ހިޖުރީ ކަލަންޑަރުގައިވާ ބާރަ މައްސަރަށް ނަންދެވިފައިވަނީ ސަބަބުތަކަކާއެކުގަ އެވެ. ތިރީގައި މިވަނީ އެ މައްސަރުތަކަށް ނަންކިއުނު ސަބަބުތަކެވެ. މި ސަބަބުތަކަށް ބަލާއިރު ކޮންމެ މައްސަރަކަށް ދީފައިވާ ނަމުގެ މާނަ ދޭހަވެ އެވެ.

1. މުޙައްރަމް (محرم)

މިނަން ކިއުނީ، އިސްލާމްދީނާއިގެން ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ވަޑައިގެންނެވުމުގެ ކުރިން، މުޙައްރަމް މަހުގައި، ޢަރަބީން ހަނގުރާމަކުރުން ޙަރާމްކޮށްފައިވާތީ އެވެ.

2. ޞަފަރް (صفر)

މިނަން ކިއުނީ، ޞަފަރުމަހުގައި ޢަރަބީންގެ ގެދޮރުން މީހުން ހުސްވާތީ އެވެ. އެމީހުން ގެދޮރު ދޫކޮށްފައިދަނީ ހަނގުރާމައިގެ މައިދާނަށެވެ. އަދި ކާބޯތަކެތި ހޯދުމަށް ވެސް ދެ އެވެ.
Read More »

އުތުރު އަވަށު ނިކަގަސް ހޮޅުއަށީގެ ރޯދަ ކުރުކުރުން - ދެވަނަބައި

 

ހޮޅުއައްޓަށް މިއަދު ދޮންތު ދިޔައީ އޭނާ އައުން ލަސްވެގެން ދެ ފަހަރަކަށް ފޯނު ވެސް ކުރިފަހުން ކުއްޖެއްގެ ސައިކަލު ފަހަތަށް އަރައިގެންނެވެ.

ދޮންތު:

މަގޭ ވާހަކަ މާ މަޖަލީ ދޯ. އެކަމަކު ކުރީ ދުވަހުވެސް ކިޔައިދިނީ މަގޭ ރައްޓެހި އަލިބެ ދެއްކި ވާހަކައެއް. އޭނާ މިހާރު ނިޔައުވެއްޖެ. މަށާއި އަލިބެޔާއި އެއްދުވަހު ދިމާވިއިރު އޭނާހުރީ ވަރަށް ހިތްހަމަ ނުޖެހިފާ. ބައްދަލުވުމާއެކު ވެސް ބުނީ:

ވިޔަފާރިކުރަން މިއުޅޭ ބަޔަކު މީހުންގެ ތެރޭ މަރުވާނެކަން ދަނެގެން އުޅޭ ރަނގަޅު ބަޔަކުވެސް އެބަ ތިއްބޭ، އެމީހުން ތަކެތީގެ އަގު ބޮޑުކޮށް އެތަކެތި ގަޑުބަޑުވެސް ނުކުރެޔޭ، ނުފޯރާ މީހުންނަށް އެކި އެއްޗެތި ފޯރުކޮށްވެސް ދެޔޭ، ނިކަމެތި މީހާ ކާބޯތަކެތީގެ އެއްޗެއް ގަންނަން ގޮސް އެ އެއްޗެއްގެ އަގު އެކީ އަދާކުރެވޭ ވަރަށް އަތުގައި ލާރި ނެތްނަމަ އެ އެއްޗެއް ނުދީ ހުސްއަތާ ފޮނުވަޔެއްވެސް ނުލަޔޭ، އެ އެއްޗެއް ވެސް ދެޔޭ.

އެކަމަކު ދެން ތިބީ މީގެ އަނެއްކޮޅޭ، ދެފައި މައްޗަށް، ބޯކޮޅު އަޑިޔަށް އެކޮޅުކޮޅުން ތިބި ބަޔެކޭ، މަރުވީމާ ވެސް އެމީހުންނަށް ބޭނުންވާނީ ތަންކޮޅެއް ބޮޑު ސަންދޯކެކޭ، ބޭނުންވާ އަގުބޮޑު އެއްޗިއްސާއި ރޫސިހާބަތާއި ކުކުޅުރިހަ ހަޔެއްކަ ބޯތައްޓާއި ދެތިން ވައްތަރެއްގެ ސަޓަންޏާއި ދުފާ ސާމާނު ވެސް އޭގެތެރޭ ބަހައްޓައިގެން ގެންދެވިދާނެ ކަމަށް އެމީހުން ހީކުރާ ކަހަލައޭ، ހަމަހިލާ އެހެންނަކުން ނުވާނެޔޭ، އެކައްޗެއް ވެސް ނުގެންދެވޭނެޔޭ.

އެހެންޏާ! ދާދި މިދާކަށްދުވަހު މިރާއްޖޭގައި ހުންނެވި ރަނގަޅު ބޮޑު ވިޔަފާރި ވެރިޔަކު ވެސް ދުނިޔެ ދޫކުރައްވައިފިޔޭ، އޭނާގެ ބޮޑު ހާޑުވެޔާ ފިހާރައެއް ހުރިއިރު އެތަނުން އެންމެ ނަރުކެނޑިޔެއް ވެސް ނުގެންދަވަޔޭ، ސަންދޯކު ތެރެއަށް އޭގެ އެއްޗެއް ލުމަކަށް ދަރިންނަކަށް ވަޞިއްޔަތެއް ވެސް ނުކުރައްވަޔޭ، އެކަމަކުވާ މިހާރު މިތިބަ ބަޔަކުމީހުން އުޅޭ ވައްތަރެކޭ، ޙައިރާންވެޔޭ.

އަހަރެން:

އަލިބެޔާއި މިއަދު ވަކި ކަމަކާއި ދިމާވީތޯ؟

އަލިބެ:

ދިމާވީ ކުޑަ ކަމަކާއި ނޫން. އަހަރެން މާލޭގައި ހުރެފައި ކަނޑުބޯޓަކުން ރަށަށް އައިތާ މިވީ ތިން ދުވަސް. އަހަރެމެން އައި ބޯޓު ރަށު ތޮއްޓާއި ގާތްކުރުމުގެ ކުރިން އެހެން ރަށެއްގެ ބޯޓެއް ތޮއްޓާއި ގާތްކުރަމުން ދިޔަ. އެބޯޓު އޮތީ ވަރަށް ބަރާކޮށް. ބަރުމަރުކާ ނުވެސް ފެނޭ. އެ އެތި ހޯދާން ސިފައިން ބޭނުންވެއްޖެނަމަ ފެންނާނީ ސިފައިންގެ މީހަކު މޫނުމަތި އަޅައިގެން މޫދަށްއެރި ފީނައިގެން ގޮސް.

މިބޯޓުގައި ގިނައިން ހުރީ ޒަރީރު ފިހާރަޔަށް ގެނައި ކާޑުގެ ސާމާނު. ބަސްތާ ބަސްތާއިން. ހަނޑުލާއި ހަކުރާއި ފުށް. މިއެއްޗެތި ގެނައި އިރުވެސް ރަށް އޮތީ ހަކުރު ލިބުން ދަތިވެ ހަކުރަށް ޖެހިފާ. އެހެންވެ އެދުވަހުވެސް ޒަރީރު ފިހާރައަށް ހަކުރު ގަންނަށް މީހުން ދިޔައީމާ އެތަނުން ބުނީ ވިއްކޭވަރު ވާނީ އަނެއްދުވަހު ކަމަށް.

އަނެއް ދުވަހު ހަކުރު ގަތުމަށް ބޭނުންވާ މީހުން ކިޔޫ ހަދާފައި ޒަރީރު ފިހާރައިގެ ބޭރުގައި ތިބި. ހަކުރު ވިއްކަމުން ދިޔައީ ސަރުކާރުގެ ކަންޓުރޯލު އަގަށްވުރެ ކިލޯއެއް -/5 ރުފިޔާ ބޮޑުކޮށް ކަމަށް މީހުން ބުނެ ޒުވާބުކޮށް ބަޔަކުމީހުން ހަކުރު ނުގަނޭ. އެކަމަކު އެނޫން ގޮތެއް ނެތީމާ ބަޔަކު ގަންނަށްވެސް ގަތް.

އަހަރެން ވެސް އެދުވަހު އެފިހާރަޔަށް ވަދެލީން. ފިހާރައަށް ވަންނަ މީހުންނަށް ޖަވާބުދާރީ ވަނީ ބޭރު ކަރަޔެއްގެ މުޢީނުއްދީން ކިޔާ ސޮރެއް. އޭރު ކޮށިގަނޑުގައި އިނީ ޅަވަރެއްގެ ދިވެހި ކުއްޖެއް. އެކުއްޖަކު އިނީ ބިމަށް ތުންގަނޑު ހަރައިގެން. އަނގައިންވެސް ނުބުނެ. ބޭރު ކަރައިގެ ސޮރަށް ބަޔަކު ކިޔަނީ "ކަލްޖަގިޔާ". އެހެން ކިޔަނީ މިސޮރަކީ އޭނާގެ ކަރައިގައި ކުރިން ބޮޑުވަޒީރުކަން ކުރެއްވި ޚާލިދާ ޒިޔާއަށް މާބޮޑަށް ސަޕޯޓުކުރާ މީހަކަށްވެފާ ވަގުތެއް ވެއްޖެނަމަ އެވާހަކަ ދެއްކުމުގެ ތެރޭ މިސޮރު ޚާލިދާ ޒިޔާގެ ނަން ކިޔާގޮތުން އެކިޔަނީ ކަލްޖަގިޔާއޭ އަޑުއަހާ މީހުންނަށް ހީވާތީ.

އެދުވަހު އަހަރެންވެސް ވާހަކަ ދައްކަން ޖެހުނީ މި މުޢީނުއްދީނަކާ.

އަހަރެން:

ސަރުކާރުގެ ކަންޓުރޯލު އަގަށްވުރެ ހަކުރު ކިލޯއެއް -/5 ރުފިޔާއަށް ބޮޑުވެގެން އުޅެނީ ކީއްވެތަ؟

އެސޮރު:

ބޭބޭ ދަންނަނީ ނެތީދޯ. ބޭރުގާ ހަކުރު ހަދާ ވައްތަރު ދަޑު ބޮޑުބޮޑު ތޫފާނު އަންނަނީ. ރޭޑިޔޯ ބުނަނީ ހަލާކުވާ ވައްތަރު ހުންނަނީ. އެވައްތަރު ހުރީމާ މާލޭ ހަކުރު ބޮޑުމީހާ ހަކުރު ނުލިބެނީ. އަހަރެމެން ކީއްކުރާތަ!؟

އަހަރެން:

ތިޔަ ބުނާ ކަހަލަ ޠޫފާނެއް އައިސް ދަނޑުތައް ހަލާކުވެ ހަކުރު ކިލޯއެއްގެ ކުރީގެ އަގަށް ފަސްރުފިޔާ ބޮޑުވި ވާހަކަ އިވުނީ ކޮން ރޭޑިޔޯއަކުންތަ؟

އެސޮރު:

މަގޭ ރޭޑިޔޯ ނުހުންނަނީ. ބޮޑުމީހާ އަތު ހުންނަނީ. އޭނާ ބުނަނީ!

އަހަރެން:

ބޮޑުމީހާ ކޮބައިތަ؟

އެސޮރު:

މަނޭގޭ، ގޭވައްތަރު ހުންނަނީ، ނިދާ ވައްތަރު ބުނަނީ، އަންނަނީ ނެތީ!

އަހަރެން:

ތިޔައޮތީ ބޮޑުމީހާ ބޭނުންވާ ވަރަށް އަގު މައްޗަށް ޖައްސާފާ. މިހާ ދަތި ދުވަސްކޮޅެއްގައި ލުނބޮޔަކުން ހުތް ފެލާހެން ފަގީރުން ފެލައިގެން އެމީހުންގެ އަތުން ތިޔަ ނަގާ ލާރިގަނޑު މަރުވީމާ ސަންދޯކުގެ އެއްކޮޅަށް ލެވޭތޯ ބަލާތި! ބަލަ! މަރުވީމާވެސް ތިވައްތަރަށް އުޅެވޭނެ ކަމަށް ހީވަނީތަ؟ އެހެނެއް ނުވާނެ! އެހެނެއް ނުވެސް ހެދޭނެ!

މިހެން ބުނެފައި އަހަރެން އެފިހާރައިން ނުކުމެއްޖައީން.

ދޮންތު މިވާހަކަތައް ކިޔައިދިނީމާ އެތާ ތިބި މީހުން ބުންޏެވެ. މިއޮތީ ފަހު ޒަމާނުގެ ޢާލާމާތްތައް ފެށިފައެވެ. މިފެންނަނީ އެ ކަންކަމެވެ. ދެން އޮތް ކަމަކީ ނުބައިކަން ބޮޑުވެގެންވާ ދައްޖާލު އެރުމެވެ.

          ----------------

ޢަބްދުﷲ ޙަސަން، ހުޅުދުމައިގެ

31 މާރިޗު 2023މ.

 


ފޮޓޯއިން މީހުން – އެކެއް


ފޮޓޯއިން މީހުން – އެކެއްގައި މިވަނީ 12 މާރިޗު 1980 ދުވަހުގެ ރޭ ގދ. ތިނަދޫގައި ނަގާފައިވާ ފޮޓޯތަކުން 3 ފޮޓޯއެކެވެ. މިފޮޓޯތަކުން ފެންނަނީ، ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމު ގދ. ތިނަދުއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ތިއްބެވި ބަޔެކެވެ. މިޖަލްސާއޮތީ ތިނަދޫ ބޯޅަދަނޑުގެ ހުޅަނގުން ބޮޑުމަގާއި ކައިރިން ދަނޑުގެ ދެކުނުފަޅިއަށް ދިގަށްވާ ގޮތަށް ހަދާފައިވާ ހޯލެއްގައެވެ. ފިރިހެނުން ތިއްބެވީ ހޯލުގެ އިރުމަތީ ފަޅީގައެވެ. އަންހެނުން، ހުޅަނގުފަޅީގައެވެ.  

މިހޯލް ތައްޔާރު ކުރުމުގެ މަސައްކަތުގައި ރަށުގެ ތަނަވަސްްކަން ހުރި ފަރާތްތަކުން އެހީތެރިވެދެއްވައި އޭގެ ބައެއް ފަރާތްތަކުން އެކަމުގައި ޢަމަލީގޮތުންވެސް އުޅުއްވިއެވެ.

މިމުނާސަބާގައި ނަގާފައިވާ ގދ. ތިނަދޫގެ ފަޅާއި ގަލެހިރި މަގާއި(ގަލެހިރި ނެރާއި) އަދި އެއްގަމުގެ އެކިކަހަލަ ކަަންތައް ފެންނަ 163 ފޮޓޯގެ ސީޑީއެއް ލިބިފައިވެއެވެ. މިލިޔުމުގައި ބޭނުންކޮށްފައިވާ 3 ފޮޓޯއިން މިހާރު އެނގޭ ބޭކަލުން އެނގިފައިވަނީ 29 އިންޗި ޓީވީ ފްލެޓް ސްކްރީނަކުން ޒޫމް+ކޮށް، ބަލައިގެންނެވެ. ނަމަވެސް އެބޭކަލުންނަށް ޙަގީގީ އުނިއިތުރެއް އަންނަނަމަ އިޞްލާޙު ގެނައުމުގެ ފުރުޞަތު އެބައޮތެވެ.

ދެނެގަނެވިފައިވާ ބޭކަލުންގެ ތެރެއިން 28 ބޭކަލުންވަނީ، މިހާރު ނިޔައުވެފައެވެ. މިބޭކަލުންނަށާއި ދެނެގަނެވި މިހާރު ތިއްބެވި ބޭކަލުންނާއި ދެނެނުގަނެވުނު ނަމަވެސް އެތާނގައި ތިއްބެވި ހުރިހާ ބޭކަލުންނަށް، މަތިވެރި ﷲގެ ރަޙުމަތާއި މަޣުފިރާ ދެއްވެވުން އެދި ދުޢާކުރަމެވެ. 

މިމަސައްކަތްކުރީ އަޅުގަނޑުގެ އަޚު ފަތިސް މުޙައްމަދު ނަޢީމާއި އަޅުގަނޑާއި ދެމީހުންނެވެ. އަޅުގަނޑުމެން 2 މީހުންނަކީ މިރަސްމިއްޔާތުގެ ތައްޔާރީތަކުގައި އުޅުނު މީހުންގެތެރެއިން ބަޔަކަށް ވުމުގެ އިތުރަށް އެދުވަސްވަރުގެ ތިނަދޫގެ މީހުންނާއި ބައްދަލުވެވި، ވާހަކަދެއްކުމުގެ ފުރުޞަތުވެސް ލިބިފައިވާ ބަޔެކެވެ.

މީހުން ފާހަގަކުރި ފުރަތަމަ ފޮޓޯ


މީހުން ފާހަގަކުރި ދެވަނަ ފޮޓޯ


މީހުން ފާހަގަކުރި ތިންވަނަ ފޮޓޯ

 

ފޮޓޯތަކުން ފާހަގަކުރެވުނު ބޭކަލުން:

 

1- މަރުޙޫމު ތުއްތު ޢަލީ ކިނާރާ/ ތިނަދޫ

2- މުޙައްމަދު ލަޠީފު ބިންމަތީގެ/ ތިނަދޫ

3- މަރުޙޫމު މޫސާ ތަކުރުފާނު މިލަންހައުސް/ ތިނަދޫ

4- މަރުޙޫމު މުޙައްމަދު މޫސާދީދީ ކިޔްޕިޑް/ ތިނަދޫ

5- މަރުޙޫމު އާދަމްބެ ޝާރކް/ ތިނަދޫ

6- މަރުޙޫމު ޙަސަން ޢަލީ މާފުށީގެ/ ތިނަދޫ

7- މަރުޙޫމު އަޙުމަދު ކާމިލް/ މިޔްޒިކްހޯމް/ ތިނަދޫ

8- މަރުޙޫމު ބޯޓޭ އާދަމްބެ/ ތިނަދޫ  

9- މަރުޙޫމު ޢަބްދުﷲބެ އޯކަމް/ ތިނަދޫ

10- މަރުޙޫމު ތުއްތުބެ އުތުރުގެ/ ތިނަދޫ

11- ޢަބްދުލްޢަޒީޒު މިންވަރު/ ތިނަދޫ

12- މަރުޙޫމު ޙަސަންބެ ސީޕިޔާގެ/ ތިނަދޫ

13- މުޙައްމަދު ޢަލީ ކިނާރާ/ ތިނަދޫ

14- މަރުޙޫމު ޙަސަން އިސްމާޢީލް އުނިމާގެ/ ތިނަދޫ

15- ރެކިބޭ ގުރަހާގެ/ ތިނަދޫ

16- މަރުޙޫމު ޙަސަންބެ ޝެރިފް/ ތިނަދޫ

17- ޢަބްދުﷲ ޙަސަން ނޫރާނީވިލާ/ ތިނަދޫ

18- މަރުޙޫމު މުޙައްމަދު ޕަޕޯހައުސް/ ތިނަދޫ

19- މަރުޙޫމު ޢަލިދީދީ ވައިޓްސޭންޑް/ ތިނަދޫ

20- މަރުޙޫމު ޙަސަން އިބްރާހީމް ގްރީންސްޓާރ/ ތިނަދޫ

21- މުޙައްމަދު ލަޠީފު ޢަންބަރީގެ/ ތިނަދޫ

22- މަރުޙޫމު މުޙައްްމަދުބެ ކްރިމްސަން/ ތިނަދޫ

23- އަޙުމަދު ވަޙީދު ދުނބުރިމާގެ/ ތިނަދޫ

24- މަރުޙޫމު ޢަލީ މުފީދު(ދޮންތައްޚާނު) މެންގޯޓްރީ/ ތިނަދޫ

25- މަރުޙޫމު ޙަސަން މުޙައްމަދު(ޙަސަންބެ) ރޯޒަރީ/ ތިނަދޫ

26- މަރުޙޫމު ދޮންކަލޯބެ ރެޑްހާފް/ ތިނަދޫ

27- މަރުޙޫމު މުޙައްމަދު ޙުސައިން(ދޮންބެއްޔާ) އަލިދޯދި/ތިނަދޫ

28- މަރުޙޫމު ރެކިފުތު(ރެކިބޭ) ތްރީލައިންސް/ ތިނަދޫ

29- މަރުޙޫމު މުޙައްމަދު ޙަސަން ގުލްފާމުގެ/ ތިނަދޫ

30- ޢަލީ ޙަސަން ޖައްވު/ ތިނަދޫ

31- މުޙައްމަދު ރާޝިދު ގޯލްޑަންއެގް/ ތިނަދޫ

32- ޙަސަން ނަސީމު މިޑްއޯޝަން/ ތިނަދޫ

33- މުޙައްމަދު ޝަކީލު ލުކިންގްލާސް/ ތިނަދޫ

34- މަރުޙޫމު ޢަލީ ފާއިޒު ހަޒާރުމާގެ/ ތިނަދޫ

35- މަރުޙޫމު މުޙައްމަދު ޙަމީދު ދެލްވައްތަ/ ތިނަދޫ

36- މަރުޙޫމު ޙަސަން ކަލޭގެފާނު ޢަންބަރީގެ/ ތިނަދޫ

37- މަރުޙޫމު ޙުސައިން ޢަފީފު ކޭވަކުގެ/ ތިނަދޫ 

38- މަރުޙޫމު މޫސާ ފަތުޙީ ލީނާ/ ތިނަދޫ

39- ޢަބްދުލްހާދީ އޯޝަންރީޑް/ ތިނަދޫ

40- މަރުޙޫމު އަޙުމަދު އިބްރާހީމްދީދީ ފީރޯޒުގެ/ ތިނަދޫ

 

ވަގުތު ލިބިއްޖެނަމަ, އެޖަލްސާ ހޯލްގެ ހުޅަނގު ފަޅީގައި ތިއްބެވި އަންހެނުން ދެނެގަނެވޭތޯ މަސައްކަތްކުރުމުގެ އުއްމީދު އެބަ އޮތެވެ. 

إن شاء الله

             ------------------

"ގަލެހިރި" އެޑްމިން

24 މާރިޗް 2024މ.